ރާއްޖެއާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން މަސަކަތް ކުރުމަށް ސްޓްރެޓިޖިކް ޕްލޭނެއް އިފްތިތާހުކޮށްފިއެވެ.
މިސްޓްރެޖިކް ޕްލޭން އިފްތިތާހު ކޮށްދެވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމާއި ޑަބްލިއުއެޗްއޯގެ ދެކެނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑައިރެކްޓަރު ސައިމާ ވަޒީދެވެ.
ދެފަރާތް ގުޅިގެން އެކުލަވާލާފައިވާ މި ސްޓްރެޓީޖިކް ޕްލޭންގެ ދަށުން 2024-2029 އާ ދެމެދު ރާއްޖޭގެ ޢާންމު ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށް ސިއްހަތު ޖަމްޢިއްޔާ އިން ފޯރުކޮށް ދޭނެ އެހީތެރިކަން ހިމަނާފައިވެއެވެ.
މީގެއިތުރުން، އިތުރު މިސްޓްރެޓެޖިކް ޕްލޭންގައި އިތުރު ފަސް ކަމަކަށް އަލިއަޅުވާލާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން:
- ރާއްޖޭގެ އިޖުތިމާޢީ، އިގުތިސާދީ އަދި ވިޔަފާރިއާ ޞިއްޙީ ގޮތުން ގުޅުންހުރި ކަންކަމަށް ޙައްލު ހޯދައި ދިނުމާއި،
- އަސާސީ ޞިއްޙީ ފަރުވާ ކުރިއެރުވުމަށް އިންވެސްޓްކުރުމާއި،
- އާބާދީގެ ތެރެއިން ޞިއްޙީ ޚިދުމަތް ހޯދަން ދަތި ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށް ދެވޭކަން ކަށަވަރުކުރުމާއި
- ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި
- ޞިއްޙީ ނިޒާމަށް އަންނަ ދަތިތަކާއި ޞިއްހީ ކުއްލި ހާލަތްތަކަށް ވިލުންތެރި ނިޒާމަކަށް ރާއްޖޭގެ ސިއްހީ ނިޒާމު ހެދުން ވެސް މިޕްލޭންގައި ވަނީ ހިމަނާފައެވެ.



