މިއަހަރު ފެންނާނެ ކަމަށްވާ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ފުލްމޫން މިރޭ ފެންނާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިރޭ ސުޕަރ ހަންޓަރޒް ފުލްމޫން މިރޭ ފެންނާނެ ކަމަށާއި މިއީ މިއަަރު ފެންނާނެ ކަމަށްވާ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ފުލްމޫން ކަމަށެވެ.
މިއަދު ހަވީރު 5:45 ގައި މިރޭގެ ހަނދު އަރާނެ ކަމަށާއި ހަނދު އޮއްސޭނީ މާދަމާ ހެނދުނު 6:23 ގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މައުމޫން ވަނީ މިރޭގެ ސުޕަރ ހަންޓަރޒް ފުލްމޫން ބައްލަވާލެއްވުމަށް އެދިލައްވާފައެވެ.
މައުމޫން އަކީ ފަލަކީ ޢިލްމު ދިރާސާ ކުރައްވާ ރާއްޖޭގައި އެރޮނގުން ފާހަގަކުރެވޭ ޢިލްމުވެރިޔެކެވެ



