އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހޫގޯ ޔޫ-ހޯ ޔޮން އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ބައްދަލުކުރައްވައިފިއެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
Foreign Minister Dr @abkhaleel met with the US Amb. Hugo Yon, today. Discussions focused on strengthening the 🇲🇻-🇺🇸 relationship and enhancing cooperation between both countries.@USinMaldives pic.twitter.com/oAEPvgCJ3Q
— Ministry of Foreign Affairs 🇲🇻 (@MoFAmv) October 17, 2024
އެމެރިކާއިން ވަނީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ގާބިލުކަން އިތުރުކޮށް، ރާއްޖޭގެ އިގްތިސާދީ އަދި ޑިމޮކްރެޓިކް ވެރިކަން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއަށް 8.5 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ.




