ރާއްޖޭގެ ކަނޑާއިޑާއި ގޮނޑުދޮށުގެ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ އެޓޯލް މެރިން ސިމްޕޯޒިއަމް ޅ. ނައިފަރުގައި މިއަދު ފަށައިފިއެވެ.
ދެދުވަހުގެ މުއްދަތައް ކުރިއަށްދާ މިސިމްޕޯޒިއަމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޢިލްމީ ފަރާތްތަކާއި، ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި، ސަރުކާރުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެޓޯލް މެރިން ސިމްޕޯޒިއަމްގެ ފެށުމުގެ ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނިޒާމް ބައިވެރިވެ، ވާހަކަދައްކަވަމުން ވިދާޅުވީ ކަނޑާއި ގޮނޑުދޮށުގެ ތިމާވެށި ރައްކާތެރިކުރުމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ބިންގާ ކަމަށެވެ.
ތިމާވެށި ރައްކާތެރިކުރުމަށް އެންމެންގެ އެއްބާރުލުމާއި ގުޅިގެން މަސައްކަތްކުރުމުގެ މުޙިންމުކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަދެއްކެވުމަށްފަހު ނިޒާމް ވިދާޅުވީ މި ސިމްޕޯޒިއަމްގެ މަޤްޞަދަކީ ރާއްޖޭގެ ކަނޑާއިޑާއި ގޮނޑުދޮށުގެ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ބެހޭގޮތުން މަޝްވަރާކޮށް، އެކަމަށް ޙައްލު ހޯދުން ކަމަށެވެ.



