ޑިޒާސްޓަ މެނޭޖްމަންޓް ދާއިރާއިން ރާއްޖެ އާއި ތުރުކީ އާއި ދެމެދު އެއްބާރުލުން އިތުރުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
ފިލިޕީންސްގެ ވެރިރަށް، މެނީލާގައި ކުރިއަށްދާ ”އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިޒާސްޓަ ރިސްކް ރިޑަކްޝަން“ ގެ ހަވާސާގައި ކުރިއަށް ގެންދިޔަ މިމަޝްވަރާ ބައްދަލުވުމުގައި ޑިޒާސްޓަ މެނޭޖްމަންޓް ދާއިރާއިން ދެ ގައުމުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މިމަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިޔައީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ތުރުކިޔޭގެ ޑިޒާސްޓަ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީގެ އިސްވެރިޔާ އޮކާއީ މެމިސްއާ ދެމެދު އެވެ.



