ފްރާންސްގައި ބާއްވާ ޔޫރޯ ނޭވަލް ހަރަކާތުން އިޒްރޭލު ބޮއިކޮޓް ކުރުމުން އިންޒޭލުން ފްރާންސްގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެފިއެވެ.
ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވަނީ އަންނަ މަހުގެ 4 އިން 7 އަށް ފްރާންސްގެ ޕެރިސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިލިޓަރީ ނޭވަލް ހަރަކާތުގައި އިޒްރޭލަށް ބައިވެރި ނުވެވޭނެ ކަމަށް ބުނެ އިޒްރޭލު ބޮއިކޮޓް ކުރުމަށް ނިންމާފައެވެ.
މިނިންމުމާއި ގުޅިގެން އިޒްރޭލުގެ ފޮރިން މިނިސްޓަރު އިޒްރާއިލް ކަޓްޒް ބުނީ ޕެރިސްގައި ބާއްވާ މިލިޓަރީ ނޭވަލް ހަރަކާތުގައި އިޒްރޭލަށް ބައިވެރި ނުވެވޭނެ ކަމަށް ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ނިންމި ނިންމުމާއި ދެކޮޅަށް ”ޤާނޫނީ އަދި ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް“ އަޅާނެ ކަމަށެވެ.
އެނާ ބުނީ އިޒްރޭލު ބޮއިކޮޓު ކުރުމުގެ ގޮތުން ހިނގާ މިފަދަ އަމަކުތަކަކީ ޑިމޮކްރަސީއާ ޚިލާފު އަދި އެކުވެރި ގައުމުތަކުން ކޮށްގެން ވާނެ ކަންކަން ނޫން ކަމަށެވެ.
”ޤަބޫލުކުރެވޭނެ ކަމެއް ނޫން. ޚާއްޞަކޮށް ރައްޓެހި ޤައުމުތަކުގެ މެދުގައި“ އޭނާ ބުނެފައިވެއެވެ.
އިޒްރޭލުން ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާ އިރު، އަޅަން ގަސްދުކޮށްފައި ވަނީ ކޮން ފިޔަވަޅިތަކެއް ކަމެއް ކަޓްޒް ހާމަކޮށްފައެއް ނުވެއެވެ.
ފްރާންސްގެ ސަރުކާރުން އަދި މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައި ނުވާއިރު، ބޭރުގެ ނޫހެއް ކަމަށްވާ ’ރިއުޓާޒް‘ އިން ރިޕޮޓްކޮށްފައިވާ ގޮތުގައި ފްރާންސްގެ ރައީސް މެކްރޯން މިފަދައިން ނިންމުމާއި ގުޅިގެން އިޒްރޭލުގެ އެއްވެސް ހަތިޔާރެއް އަދި އެއްވެސް އެއްޗެއް މިހަރަކާތުގެ ތެރެއިން ބޭނުން ކުރުމަށް ނުބެހެއްޓޭނެއެވެ އެހެންނަމަވެސް އެގައުމުގެ އޮފިޝަލުންނަށް ބައިވެރިވެވޭނެ ކަމަށް ރިއުޓާޒް އިން ވަނީ ރިޕޯޓްކޮށްފައެވެ.
މިދެގައުމުގެ ދެމެދު ގުޅުން މިހާރު ހީނަރުވެފައި ވަނީ ގާޒާގައި ހަނގުރާމަ ކުރުމަށް އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ފްރާންސްގެ ރައީސް މެކްރޯން މިމަހުގެ ކުރީ ކޮޅު ގޮވާލުމާއި ގުޅިގެންނެވެ.
މިކަމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ހިތްހަމަނުޖެހުން ފާޅުކޮށް ބުނެފައި ވަނީ ”އެމީހުން ލަދުގަންނަންޖެހޭނެ“ ކަމަށެވެ.
މެކްރޯން މިހެން ބުނެފައި ވަނިކޮށް، އެފަހުން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސާންޗެޒް ވެސް ވަނީ އިޒްރޭލަށް ހަތިޔާރު ނުވިއްކުމަށް ގޮވާލާފައެވެ.




