ގއ. އަތޮޅު ފަޅުރަށެއްގައި ފޮރުވާފައިހުރި 168 ގްރާމުގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ތަކެތި ހޯދާފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މިއޮޕަރޭޝަންގައި އއެރަށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށާއި އެ ޕެކެޓްގައި ހުރި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 163 ގްރާމް ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެމައްސަލައާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މިއޮޕަރޭޝަނަކީ ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ގުޅިގެން ހިންގާފައިވާ އޮޕަރޭޝަނެއްކެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



