އައްޑޫ ސިޓީގައި އެކްސިޑެންޓުތަކެއް ހިނގާ 7 މީހަކަށް އަނިޔާވެއްޖެއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫގެ ތިން ސަރަހައްދެއްގައި އެކްސިޑެންޓު ހިނގާގެން އުޅޭ ކަމަށް މިރޭގެ އެކި ވަގުތުތަކުގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިއެކްސިޑެންޓު ތަކުގައި މީހަކަށް އަނިޔާވެގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާއި 1 އަންހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެތެރެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެކްސިޑެންޓުތަކާއި ގުޅިގެން ފުލުހުން އިތުރަށް ބުނީ ކޮންމެ އެކްސިޑެންޓެއް ވެސް ހިނގާފައި ވަނީ ދެ ސައިކަލެއް ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިއެކްސިޑެންޓުތަކާއި ގުޅިގެން ފުލުހުން އަދި މިހާތަނަށް އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.



