ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބްރެޒިލް އަންހެން މީހާ 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.
މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 33 އަހަރުގެ ބްރެޒިލް އަންހެން މީހާގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާ ރާއްޖެ އައިއިރު، ގެނައި ދަބަހުގައި ކޮންސީލްކޮށްފައިވާ ހަތަރު ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ދަބަހާއި ގުޅޭ އިތުރު މައުލޫމާތު ނޭނގޭތީ، ކޮންޓްރޯލް ޑެލިވަރީ ޖައްސަން އެއްބާރުލުން ނުދެވުނީ ކަމަށް އޭނާ ބުނެފައިވާކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.
އޭނާގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން މުއްތަހަމް ވަނީ އޭނާ ވަނީ ބަލިވެ އިންކަން މިހާރު އެނގިފައިވާ ކަމަށާއި، އެއް ފަޅި ޕެރަލައިޒް ވެފައިވާ ކަމަށް ބުނެފަ އެވެ. މިއާއި ގުޅިގެން ކޯޓުން ވަނީ އެ ކަންކަން ގާތުން ބަލަން ފުލުހުންނަށް އަންގާފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރުކުރި ދުވަހު އޭނާގެ ފޯނުން ހިއްސާކުރި ލިޔެކިޔުން ބަންދު މަރުކަޒާ ފުރަތަމަ ދުވަހު ވެސް ވަނީ ހަވާލުކުރެވިފައެވެ.
އޭނާ ބަންދުގައި ހުރިކަން އެމްބަސީއަށް އަންގާފައިވާނެ ހާމަކުރުމަށްފަހު ފުލުހުން ބުނީ އޭނާ އަށް ފޯނު ކޯލު ފުރުސަތު ދިން ކަމަށާއި އެހެންނަމަވެސް އޭނާގެ މަންމަގެ ނަމްބަރަށާއި އެމްބަސީއަށް ގުޅުން ކުރި މަސައްކަތުން ފޯނަށް ޖަވާބުދީފައި ނުވާ ކަމަށެވެ.



