ކޮމިޝަނަރުގެ އޮފީހުގެ އިސްވެރިޔާގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މޫސާ ޢަލީ އައްޔަންކުރައްވައިފިއެވެ.
އޭނާ މިމަގާމަށް އައްޔަންކޮށްފައި ވަނީ މިމަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން، އެ މަޤާމުން ދުރުކުރުމާއި ގުޅިގެންނެވެ.
ފުލުހުންގެ ހިދުމަތުން ހާމަކޮށްފައިވާ ގޮތުގައި ޝިފާން ވަނީ އެމަގާމުން އެހެން މަގާމަށް ބަދަލުކޮށްފައެވެ. އަދި ޝިފާން ހުންނެވި ކޮމިޝަނަރުގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، މޫސާ ޢަލީ އައްޔަންކުރައްވާފައިވާ ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.
އޭސީޕީ ޝިފާން މިހާރު ބަދަލުކުރައްވާފައިވަނީ، މޫސާ ޢަލީ މީގެ ކުރިން ހުންނެވި ފުލުހުންގެ ސަރވިސް ޑިވެލޮޕްމެންޓް ޑައިރެކްޓޮރޭޓްގެ މަޤާމަށެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި މިއީ ފުލުހުންގެ އިދާރާގެ އެކި މަޤާމުތަކަށް އަބަދުވެސް ގެންނަ ބަދަލުތަކުގެ ތެރެއިން ގެނައި ބަދަލެކެވެ.



