މާފަންނު ޖޭޒް ކެފޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ މާފަންނު ޖޭޒް ކެފޭ ފުރާޅު މައްޗަށް މީހަކު ވެއްޓިގެން އުޅޭ ކަމަށް މިރޭ 23:14 ގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެމްއެންޑީއެފްގެ އެހީތެރިކަމާއިއެކު އެމީހާ ނަގައިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ޖޭޒް ކެފޭގެ ފުރާޅު މައްޗަށް ވެއްޓުނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިމައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި، މިހާދިސާ ހިނގި ތަނުގައާއި އޭޑީކޭ ހޮސްޕިޓަލުގައި މިވަގުތު ފުލުހުން ހަރާކަތްތެރިވަމުން ގެންދާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިހަދިސާގައި ޖޭޒް ކެފޭގެ ފުރާޅު މައްޗަށް އެމީހާ ވެއްޓުނީ އެހިސާބު ކޮން އިމާރާތަކުން ކަމެއް، އަދި ވެއްޓި އޭނާއަށް ކިހާވަރެއްގެ އަނިޔާއެއް ލިބުނު ކަމެއް ވެސް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.




