ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ނ.މާފަރަށް ކުރައްވާ ދަތުރުގައި އެރަށު ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.
ފެނަކައިން ބުނެފައިވާ ގޮތުގައި މިބައްދަލުވުމުގައި ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި، ކުންފުނިން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުވުމުގައި ފެނަކައިގެ އެމްޑީ މުޢާޒުގެ އިތުރުން، ފެނަކައިގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.

ފެނަކައިގެ އެމްޑީ މުޢާޒް އާއި އިސްވެރިން މާފަރަށް ކުރައްވާ މިދަތުރުގައި، ރޭ ވަނީ ފެނަކަ މާފަރު ބުރާންޗުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައި އެބްރާޗުގެ ޚިދުމަތްތައް ކުރިޔަށްދާ ގޮތް ވެސް ބައްލަވާލައްވާފައެވެ.
އެކުންފުނިން ދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެކުންފުނިން ދެމުންގެންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



