ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ހުސްވެފައިވާ ހަތަރު މަގާމަށް ބޭފުޅުން އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މި މަގާމަށް ކުރިމަތިލާފައި ވަނީ 13 ބޭފުޅުންނެވެ. މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ރުހުން ހޯދަން މަޖިލީހަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުގައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުވާފައިވާ ނަންތަކަކީ:
- ހަސަން ޒުހޭރު މުހައްމަދު، ގ. މާވާރުލު/މާލެ
- އައިޝަތު އާދަމް، ރިވެލި/ރ. އަލިފުށި
- އިބްރާހިމް ޝަރީފް، ގ. އަލިޝާ/މާލެ
- ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ/ގއ. ނިލަންދޫ
- އަހްމަދު ސައީދު، މ. ފަތްކޯނި ހުޅަނގުބައި/މާލެ
- އަބްދުﷲ އަބްދުލްހަކީމް، އަޒާން ޕެލަސް/ޅ. ނައިފަރު
- މުހައްމަދު އަމީން ޒާހިރު، ނީލާ/އައްޑޫ ހިތަދޫ
- މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން/މާލެ
- އަބްދުލް ގަނީ މުހައްމަދު، ހ. ހޮއްސައިޑް/މާލެ
- އަހްމަދު އަލީ، ހުޅުމާލެ
- އަލީ ރިޒާ އިސްމާއިލް، ހުޅުމާލެ ހިޔާ
- ފާތިމަތު ޝަފީނާޒް، ހުޅުމާލެ ގޯތި ނަމްބަރު 11021
- މަޖީދު އަލީ، މަތަރެސްމާގެ/ގއ. މާމެންދޫ
މި 13 ބޭފުޅުންގެ ތެރެއިން މި ހަތަރު މަގާމަށް ރުހުން ލިބިފައިވަނީ:
- އަބްދުލް ގަނީ މުހައްމަދު (ލިބުނީ %93 މާކްސް) – 68 ވޯޓު؛ ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވާ
- އިބްރާހިމް ޝަރީފް (ލިބުނީ %84 މާކްސް) – 68 ވޯޓު؛ ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވާ
- ހަސަން ޒުހޭރު (ލިބުނީ %83 މާކްސް) – 68 ވޯޓު؛ ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވާ
- ޝިފްޒާ އަބްދުލްގައްޔޫމް (ލިބުނީ %75 މާކްސް) – 68 ވޯޓު؛ ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވާ
މިބޭފުޅުންނަށް ރުހުން ދިނުމުގައި ބަލާފައިވަނީ %75 އަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކަށެވެ.


