ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު މެންބަރުން މިއަދު ޢައްޔަނުކުރައްވައިފިއެވެ.
ރައީސް މުޢިއްޒު މި ހަތަރު މެންބަރުން ޢައްޔަނުކުރައްވާފައިވަނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޢައްޔަނުކުރައްވާފައިވާ ހަތަރު މެންބަރުންނަކީ؛
- އަލްފާޟިލް ޙަސަން ޒުހައިރު މުޙައްމަދު، ގ. މާވާރުލު
- އަލްފާޟިލް އިބްރާހީމް ޝަރީފް، ގ. އަލިޝާ
- އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް، ގަސްދޮށުގެ، ގއ. ނިލަންދޫ
- އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު، ހ. ހޯސްޓްސައިޑް
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލައްވާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ.
ޓެކްސް އެޕީލް ޓައިބިއުނަލަށް މި ހަތަރު މެންބަރުން ޢައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ މި ހަތަރު ބޭފުޅުންނަށް ރުހުން ދެއްވާފައެވެ.



