ހުޅުމާލެ ވެލްމޯ ޖެޓީއާ ދިމާލުން ދެ ޑިންގީ ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މޫދަށް ވެއްޓި ގެއްލުނީ މީހެއް ނޫން ކަމަށާއި، ވެއްޓުނީ ޑިންގީގައި ހުރި ތަކެތި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޗަލަކު މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ، ހުޅުމާލޭ ވެމްކޯ ޖެޓީ ސަރަހައްދުގައި ދެ ޑިންގީ ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކު މޫދަށް ވެއްޓިފައިވާ ކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާގެ އިތުރު ތަފްސީލެއް ދާދި ދެންމެއަކު ދެއްވަމުން ފުލުހުން ވިދާޅުވީ މޫދަށް ވެއްޓުނީ މީހެއް ނޫން ކަމަށާއި ޑިންގީގައި ހުރި ތަކެތި ކަމަށެވެ. އަދި އެ ތަކެތި ހޯދުމުގެ މަސައްކަތް ވެސް ފުލުހުން މިހާރު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.




