ފަރުމަސްވެރިކަން ކުރަން ނިކުމެ އުޅުން ޑިންޑީއެއް ބަންޑުން ޖަހައިލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހާމަކޮށްފައިވާ ގޮތުގައި ބަންޑުން ޖަހާލި ފަރުމަސްވެރިކަން ކުރަން ނިކުމެ އުޅުން ޑިންގީއެއް ކަމަށެވެ.
އެމްއެންޑީއެފުން ވަނީ ބަނޑުޖަހާލި ޑިންގީގައި ތިބި ތިން މީހުން ވެސް ސަލާމަތްކޮށްފައެވެ.
އެމްއެންޑީއެފުން ޑިންގީއެއް ބަންޑުން ޖަހާލިކަމުގެ ރިޕޯޓު މިއަދު ހެނދުނު 06:11 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފުން ވަނީ އެ ޑިންގީ ހޯދަމުގެ މަސައްކަތް ފަށާފައެވެ. އަދި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރި މަސައްކަތުން 09:32 ހާއިރު އެމީހުން ހޯދާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ޑިންގީން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅެވެ.



