ގުޅީފަޅު ކައިރިން 2 ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ގުޅީފަޅު ކައިރިން 2 ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު މިރޭ 19:34 ހާއިރު ލިބިފައިވާ ކަމަށެވެ.
މިހާދިސާގައި 4 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މިހާރު އެ 4 މީހުންނަށް ވެސް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
މީގެއިތުރުން ފުލުހުން މިސަރަހައްދުގއި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުވީ ގްރޭންޑް ޕާކް ކޮއްދިޕަރު ރިސޯޓުގެ ޕީކޭޑީ-10 ނަމަކަށް ކިޔާ ލޯންޗަކާއި ފެރިދޫ ޓުއާރްޒްގެ ސެނޯރާ ލޯންޗު ޖެހިއެވެ.




