އިޒްރޭލުން އީރާނަށް ބާރުގަދަ ވައިގެ ހަމަލާތަކެއްދީ، ގޮއްވުންތަކެއް ގޮއްވައިފިއެވެ.
އަލްޖާޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިހަމަލާތައް އިޒްރޭލުން އީރާނަށް ދީފައިވަނީ ރޭގެ ވަގުތެއްގައެވެ.
އެގޮތުން އިޒްރޭލުން ބުނީ އިރާނަށް ވައިގެ ހަމަލާތަކެއް ދިނީ މީގެ ކުރިން އީރާނުން ދިން ހަމަލާތަކާ ގުޅިގެން ކަމަށާއި އިޒްރޭލުން ހަމަލާ ދިނީ އީރާނުގެ މިލިޓަރީ ބޭސްއަށް ކަމަށެވެ.
ނަމަވެސް އީރާނުގެ ވެރިރަށް ތެހްރާން ކައިރީގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާ ކަމަށާއި އޭގެ ތެރޭގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ގީ.ސީ) އަށް ވެސް އިޒްރޭލުން ރޭގައި ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އިޒްރޭލު ސިފައިންގެ ސީނިއަރ ތަރުޖަމާނު ޑެނިއެލް ހަގާރީ ބުނީ އިޒްރޭލުން އީރާނަށް ދިން ހަމަލާތައް މިހާރު ހުއްޓާލާފައި މިހާރު އެނބުރި އެމީހުންގެ ބޭސްއަށް ގޮސްފައިވާ ކަމަށެވެ. މީގެއިތުރުން އިޒްރޭލުގެ ހަމަލާތަކުގެ ދިފާއުގައި ހަގާރީ ބުނީ އިޒްރޭލުން ހަމަލާ ދިނީ އީރާނުން މިސޭލު ހަދަމުންދިޔަ ތަންތަނަށް އެކަނި ކަމަށެވެ. އަދި އިޒްރޭލުން ދިން މި ހަމަލާތަކުގެ މަޤްސަދު މިހާރު ހާސިލުވެއްޖެ ކަމަށް ވެސް ހަގާރީ ބުނެފައިވެއެވެ.
މިހަމަލާތަކާ ގުޅިގެން އީރާނުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.




