ކުރީގެ ރައީސް އަބްދުﷲ ޔާމީން ކިތަންމެ ވަރަކަށް ކޯފާވިޔަސް މިގައުމުގައި ދެދައުރު ފުރިހަމަ ކުރާ ފުރަތަމަ ވެރިއަކަށް ވާނީ ރައީސް ޑރ. މުޢިއްޒު ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ކޮންގްރެސް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަހަކަށް އައިސް ނަން ބަދަލުކޮށްގެން ޔާމީން ކިޔައިދެއްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ވާހަކަތައް ކަމަށެވެ.
ފައިސާގެ ވާހަކައެއް ޔާމީން ކިޔައިދެއްވާނަމަ އެ ވާހަކައެއްގައި ޔާމީން އުޅުއްވާނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
”ޔާމީން ކިތަންމެ ވަރަކަށް ކޯފާ ވިޔަސް މި ގައުމުގެ ދެ ދައުރު ފުރިހަމަ ކުރާ ފުރަތަމަ ވެރިއަކަށް ވާނީ ރައީސް މުއިއްޒު،“ ފަލާހު ވިދާޅުވި އެވެ.
ފަހަކަށް އައިސް ޔާމީން ގެންދަވަނީ ރައީސް މުއިއްޒަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. މިވާހަކަފުޅުތަކަށް ރައްދުދެއްވާ ރައީސް ޑރ. މުޢިއްޒު އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ދަނީ ސަރުކާރާއި ރައީސް ޑރ. މުޢިއްޒު ދިފާއު ކުރައްވާ ރައްދު ދެއްވަމުންނެވެ.



