އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައި ފާޓިލިޓީ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން މާލޭ ހޮސްޕިޓަލްސް ގްރޫޕުގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފާޓިލިޓީ ސެންޓަރެއް ގާއިމުކޮށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަނުގެ ހިދުމަތްތައް ދޭން ފަށާނެ ކަމަށެވެ.
ފާޓިލިޓީ ސެންޓަރާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ހަލީމް ވިދާޅުވީ އެ ސެންޓަރުގައި އައިވީއެފްގެ ހިދުމަތް ވެސް ދޭނެ ކަމަށެވެ.
އައިވީއެފް އަކީ ދަރިމައިވުމަށް މައްސަލަތަކެއް ހުންނަ އަންހެނުން، މާބަނޑުވުމަށްޓަކައި ހަދާ ޕްރޮސީޖަރ އެކެވެ. މިކަމަކީ ރާއްޖޭގައި ވެސް ގިނަ އަންހެނުން ހޯދަމުން އަންނަ ފަރުވާއަކަށްވާއިރު މިކަމަށްޓަކައި އެފަރާތްތަކަށް މީގެކުރިން ދާން ޖެހެނީ ރާއްޖެއިން ބޭރަށެވެ. އެހެންކަމުން މިކަމަކީ ވަރަށް ބޮޑު ޚަރަދެއް އެބޭފުޅުންގެ އަތުންދާ ކަމެކެވެ.



