ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ބޭނުން ނުކުރާ އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެއްޖެއެވެ.
އަލިފާން ނިއްވާލުމަށް ސިފައިން މިހާރު ހާދިސާ ހިނގި ތަނުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެގެން އުޅޭކަން މިއަދު 16:01 ގައި އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން، އެތަނުގައި ރޯވެގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އިތުރު ތަފްސީލު އަންނަނީ………….



