އުރީދޫގެ ނެޓްވޯކްއަށް ދިމާވި މައްސަލައަކާއި ގުޅިގެން އުރީދޫގެ މޯބައިލް ހިދުމަތްތައް ބޭނުން ކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އުރީދޫއިން ބުނެފިއެވެ.
ދާދި ދެންމެއަކު އެކްސްގައި ކުރި ޕޯސްޓެއްގައި އުރީދޫއިން ބުނީ މިވަގުތު ކުއްލިއަކަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން، އަޅުގަނޑުމެންގެ މޯބައިލް ޚިދުމަތްތައް ބޭނުންކުރުމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވެފައި ހުރެދާނެ ކަމަށެވެ.
މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމަށް އެކުންފުނީގެ ޓީމުން މަސައްކަތްކުރަމުންދާ ކަމަށް ވެސް އުރީދޫއިން ބުނެފައިވެއެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ އެއްވެސް ދަތިކަމަކަށްޓަކައި އެކުންފުނިން ވަނީ ހުރިހާ ކަސްޓަމަރުންގެ ކިބައިން އިޚްލާޞްތެރިކަމާއެކު މަޢާފަށް އެދިފައެވެ.



