މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އަންހެނަކު ފުލުހަށް ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފިއެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އެމީހާއަށް އަންގައި އިއުލާނުކުރަމެވެ.
މިމައްސަލައިގައި ފުލުހުން ހޯދަން އިއުލާނު ކޮށްފައިވަނީ އއ. މާޅޮސް ބަނަފްސާގޭ ޙައްވާ ތަޢުލީމާ (41އ.) އެވެ.
މިމައްސަލައިގައި އޭނާ ހާޒިރު ކުރެވެނީ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމަށެވެ. އޭނާ ހާޒިރުވާން ޖެހެނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް، 6 ނޮވެމްބަރު 2024 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.


