ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ސިޔާސީ ކަންކަމަށް ނުނިކުމެ ގޭގައި މަޑުކޮށްލުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ މާރިޔާ ސަރުކަރާށް ފާޑުކިޔަމުން އެކްސް ގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި މާރިޔާ ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަމުންދާ ގޮތް ރަނގަޅު ނޫން ކަމަށް ބުނެ ގިނަ ބަޔަކު އޭނާ ގާތުގައި އަލުން ސިޔާސީ ކަންކަމަށް ނިކުތުމަށް އެދެމުންދާ ކަމަށެވެ.
“ މީހުން އައިސް އަހަރެން ގާތު އަހާ، މާރިޔާ ވެއްޖެ އެއް ނޫން އަލުން ނިކުންނަން. އެއްކަމެއްވެސް ދަނީ ރަނގަޅަކަށް ނޫނޭ. އަހަރެއް ހިތައް އަރަނީ ޕީއެންސީގެ ސަރުކާރެއް ގެނައި އިރު ރައްޔިތުން މި ސަރުކާރުގެ ކިބައިން އުންމީދު ކުރީ ކޯއްޗެއް ބާވާއެ “ މާރިޔާގެ ޕޯސްޓުގައި އޭނާ ބުނެފައިވެއެވެ.
Mariya nukume hingi jareemaathakun arai nuganevegen adhives miulheny. Mariya geyga madu kohlaa. https://t.co/6rEJ4suo3q
— Ahmed Azaan (@axanner) October 29, 2024
މި ޕޯސްޓައް ރައްދު ދެއްވަމުން މެމްބަރު އަޒާން ވިދާޅުވީ އަދިވެސް މިއުޅެނީ މާރިޔާ މެން ނިކުމެ ހިންގި ޖަރީމާތަކުން އަރައި ނުގަނެވިގެން ކަމަށާއި، މާރިޔާ ގޭގައި މަޑުކޮށްލަން ޖެހޭ ކަމަށެވެ.
މިދިޔަ ސަރުކާރުގައި ވަރަށް ހަރަކާތްތެރިކޮށް ފެނުނު މާރިޔާ ދީދީ މިފަހުން ސިޔާސީ ކަންކަމުން ފެނިފައެއް ނުވެއެވެ.




