ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމުގައި ހުންނެވި އަހުމަދު ނިހާން ވިދާޅުވީ އަބްދުލްރަހީމަށް ދިމާވި ކުއްލި އާލާސްކަންފުޅަކާއި ގުޅިގެން މިވަގުތު އޮންނެވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށެވެ.
ނިހާން އިތުރަށް ވިދާޅުވީ އަބްދުލްރަހީމްގެ ހާލުކޮޅު ރަނގަޅު ކަމަށާއި ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އިތުރު އޮބްޒަވޭޝަންތައް ހެދުމަށް ކަމަށެވެ.



