މުހިންމު މަސައްކަތެއް ކުރާތީ މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކަލް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
އެގޮތުން ސްޓެލްކޯ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީގެ ހީނާ ގޯޅި، ރަތްވިލާ ހިނގުން، ހިތިގަސް މަގު މޫންލައިޓް ހިނގުން، ލަންސިމޫ ގޯޅި، ވައިޖެހޭ މަގު އަދި ބުރެވި މަގު ހިމެނޭ ސަރަޙައްދުން މާދަމާ (31 އޮކްޓޫބަރު 2024) މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.
މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން މަޢާފަށް އެދެއެވެ.



