ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށްދާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބުނެފިއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިރޭ 21:15 ގައި ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވާ އެރުވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުން ބާއްވާ އިވެންޓެއް ތެރެއިން ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
”މޯލްޑިވްސް އިސްލާމިކް ބޭންކުން ބާއްވާ އިވެންޓެއްގައި މިރޭ 21:15 ހާއިރު ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައި“ އެމްއެންޑީފުން ބުނެފައިވެއެވެ.
މިއިވެންޓަކީ އެމްއައިބީގެ އާ ޕްރޮޑަކްޓްތައް ލޯންޗުކުރުމަށް ބާއްވާ އިވެންޓެކެވެ.
އެމްއެންޑީއެފް ގެ ބެލުމުގެ ދަށުން (ސިފްކޯ) އިން އެކި މުނާސަބަތުގައި މާލެ ސަރަހައްދުގައި ހަރަކާތްތައް ބާއްވައެވެ.




