2025 ވަނަ އަހަރުގެ ދިރާސީ އާ އަހަރު 6 އެޕްރީލް 2025 ގައި ފަށާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީ އާއްމުކޮށްފައިވާ 2025 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރުގައި ކަނޑައަޅާފައިވާ 3 އޭޕްރީލް 2025 ގައި ޓީޗަރުން ވަޒީފާއަށް ރިޕޯޓު ކުރަން ޖެހެއެވެ.
ފުރަތަމަ ޓާމުގެ ކިޔެވުން 6 އޭޕްރީލް 2025 އިން 24 ޖުލައި 2025 އަށް ކުރިއަށްދާއިރު، ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށް ދިޔުމަށް ހަމަޖެހިފައި ވަނީ 10 އޯގަސްޓް އިން ފެށިގެން 25 ޑިސެމްބަރާއި ހަމައަށެވެ.
އެހެންކަމުން އެކަޑެމިކް ކަލަންޑަރުގައި ކަނޑައަޅާފައިވާ ގޮތުން 2025 ވަނަ އަހަރުގެ ބޮޑު ޗުއްޓީ އެއަހަރުފެ ޑިސެމްބަރު މަހާއި ޖެނުއަރީ މަހަށްވާ ގޮތަށް ލިބޭނެއެވެ.
މިއާއިއެކު، މިނިސްޓްރީން ވަނީ 2026 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފެށޭ ތާރީޚެއްގެ ގޮތުގައި ވަނީ 27 ޖެނުއަރީ 2026 ހަމަޖައްސައިފައެވެ.
ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ލިބޭ ގޮތަށް އެކަޑެމިކް ކަލަންޑަރު ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.



