ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ”އޮޕަރޭޝަން ކުރަނގި“ ފުވައްމުލައް ސިޓީގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
އޮޕަރޭޝަން ކުރަނގިއަކީ ރާއްޖެގައި ކުރިމަތިބެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ކުރިއަށްގެންދާ ހަރަކަތެކެވެ.
މިހަރަކާތް މިހާރު މުޅި ރާއްޖެއަށް ފުޅާކޮށްފައިވާއިރު، އެވުޒާރައިން ވަނީ މިމަހުގެ 5 އިން 20 އަށް މިމަސައްކަތް ފުވައްމުލައް ސިޓީގައި ކުރިއަށްގެންދަން ނިންމާފައެވެ.
މިކަމާއި ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވީ އެ ސިޓީގައި މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އަދާހަމަކުރުމުގެ ގޮތުން އެ ސިޓީގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް އެ މުއްދަތުގައި ކުރައަށްދާނެ ކަމަށެވެ.
މީގެއިތުރުން ކައުންސިލުން ވަނީ ބިދޭސީ މަސައްކަތްތެރިން، ގެންގުޅުއްވާ ފަރާތްތަކުން މިމަސައްކަތުގައި ސަރުކާރަށާއި ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް އިލްތިމާސްކޮށްފައެވެ.
ޖޫން މަހުގެ 3 ވަނަ ދުވަހު ސަރުކާރުން ފަށާފައިވާ އޮޕަރޭޝަން ކުރަނގިގެ ދަށުން މިހާތަނަށް މިހާތަނަށް 96 ރަށެއްގައި މި މަސައްކަތް ފަށައި 21 ރަށެއްގައި އެމަސައްކަތް ނިންމާފައިވާއިރު، ޖުމްލަ 8385 ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާކަމަށް ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.




