ނުކުޅެދުންތެރިކަން ހުންނަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްްސަލައެއްގައި ދެކުނުގެ އަތޮޅަކުން ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާކޮށްފި އެވެ.
އެގޮތުން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިމައްސަލައިިގައި ދައުވާ އުފުލި މީހާ އަކީ ހަމައެއަތޮޅުން އަބްދުﷲ ވަހީދު މޫސާ ނަމަކަށް ކިޔާ އުމުރުން 57 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ.
އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް މި މީހާ ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ފެންމަތިވީ މި އަހަރުގެ އެޕްރީލް 14 ގަ އެވެ.
އެ މައްސަލައާ ގުޅިގެން ފިރިހެން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅެވެ. ވަހީދުގެ މައްޗަށް ދައުވާކުރި އިރު، ޝަރީއަތް ނިމެންދެން އޭނާ މިހާރު ހުރީ ބަންދުކޮށްފަ އެވެ.



