ކުރިއަށް އޮތް ފަސް އަހަރަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފިއެވެ.
އާރްޑީސީން އެކުލަވާލާ ދިގުރާސްތާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހު ކޮށްފައިވަނީ،އެ ކޯޕަރޭޝަންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ސްޓާފް ނައިޓުގައެވެ.
މި އެކްޝަން ޕްލޭން އިފްތިތާހު ކޮށްދެއްވީ އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ.
ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށް އާރްޑީސީން ވަނީ އެކަމާއި ގުޅޭ އަތްމަތީ ފޮތެއްވެސް ނެރެފައެވެ.
މި ހިނގާ އަހަރާއެކު ފަސްއަހަރަށް އަމާޒުކޮށް ތައްޔާރުކުރެވިފައިވާ އެކްޝަން ޕްލޭނުގެ މައިގަނޑު މަޤްޞަދަކީ، އާރްޑީސީގެ ތަޞައްވުރަށް ވާޞިލިވުމަށްޓަކައި، އެކަށައެޅިފައިވާ އަމާޒުތަކަށް މަސައްކަތްކުރުމުގެ ސާފު މަގުޗާޓެއް އެކުލަވާލުން ކަމުގައި އެކޯޕަރޭޝަނުން ބުނެފައިވެއެވެ.
އާރްޑީސީން ބުނީ މި ޕްލޭނުގައި އިސްކަންދޭ މައިގަނޑު ފަސް ދާއިރާ އެއް ހިމެނޭ ކަމަށެވެ. އެގޮތުން އެ ކޯޕަރޭޝަނުގެ އިދާރީ އޮނިގަނޑު އިސްލާހު ކުރުމާއި، ސްޓޭކްހޯލްޑަރ އިތުބާރު ދެމެހެއްޓުމާއި، ކުންފުނީގެ ޤާބިލުކަން އިތުރުކުރުމާއި، ކޯޕަރޭޝަނުން ކުރަމުން ގެންދާ ވިޔަފާރި ފުޅާކޮށް ސިންދަފާތު ކުރުމުގެ އިތުރުން މާލީ ތަނަވަސްކަން އެންމެ ފުރިހަމައަށް ހޯދުމަށް ކުރަންޖެހޭ ކަންކަން ތަރުތީބުކޮށް ތަންފީޒް ކުރުން ހިމެނެއެވެ.
މީގެ އިތުރުން އާރްޑީސީގެ ސްޓާފް ނައިޓްގައި ބައިނަލް އަގުވާމީ އަދި ގައުމީ ފެންވަރުގެ މަތީ ވަނަތައް ހާސިލު ކުރި މުވައްޒަފުންނާއި، ވޭތުވެދިޔަ އަހަރު އެކި ގޮތް ގޮތުން ފާހަގަ ކުރެވުނު މުވައްޒަފުންގެ އަގުވަޒަންކޮށް ހަދާނީ ފިލާ ދީފައިވެއެވެ.




