ހުޅުމާލޭ ފަޅުތެރޭގައި އޮތް ”ބްލޫވޭގާ“ ނަމަކަށްކިޔާ ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ.
މިހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ ފަޅުތެރޭގައި އޮތް ”ބުލޫވޭގާ“ ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 03:42 ހާއިރު ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
މިހާދިސާއާ ގުޅޭ އިތުރު ތަފްސީލު ލިބުނު ވަރަކުން ހިއްސާ ކުރައްވާނެ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.



