ތޫނު ހަތިޔާރާއެކު ގޭންގު މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހަކު ތަހުގީގީ މަރުހަލާގައި ޝަރީޢަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.
އެގޮތުން ޝަރީޢަތް ނިމެންދެން ހުކުމް ކޮށްފައިވަނީ އުމުރުން އުމުރުން 21 އަހަރުގެ ދެމީހަކާއި 22 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ.
މި ހަތަރު މީހުންގެ މައްޗަށް ވެސް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.
އޭގެތެރޭގައި ތަހުގީގީ ހެއްކާއި، ސީސީޓީވީ ފުޓޭޖާއި އިންޓެލިޖެންސް ރިޕޯޓުތަކުގެ އިތުރުން ވެސް ހެކި ހިމެނެއެވެ.
މީގެއިތުރުން ކޯޓު އަމުރުގައި ބުނެފައިވަނީ މި މާރާމަރީއަކީ ކޮން ސަބަބަކާހުރެ ހިންގި މަރާމާރީއެއްކަމާއި މާރާމާރީގެ އިތުރު ތަފުސީލު އިންޓެލިޖެންސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މިމާރާމާރީގައި ޖިސްމާނީ އަނިޔާއެއް ހިމެނޭކަން އެނގޭ ހެކި ހުށަހަޅާފައި ވާކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި އިތުރަށް ބުނެފައިވަނީ މި މާރާމާރީއަށްފަހު އެ ހަތަރު މީހުން ފުރައިގެން އެހެން ރަށަކަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެމީހުން ހައްޔަރު ކުރުމަށްފަހު ފުރަތަކަ ހާޒިރުކޮށްފައިވަނީ އދ. މަހިބަދޫ މެޖިސްޓްރޭޓު ކޯޓަށެވެ.



