ހުޅުމާލެ ނެރު ކައިރިން ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ދާދި ދެންމެއަކު މީޑިއާ އާއި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ނެރު ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެކްސިޑެންޓުވި އެއް ލޯންޗުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އަނިޔާވެފައި ވަނީ ދެ ފިރިހެނުންނަށެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވާއިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.




