އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގެ ބައެއް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލު ރަސްމީކޮށް މިމަހު ހުޅުވަން ސަރުކާރުން ނިންމައިފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްތޫމުގެ ވެރިކަމުގައި އިމާރާތްކުރި 25 ބުރީގެ އިމާރާތެކެވެ. އެތަނުގައި މިހާރުވެސް އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތަށް ދެމުންގެންދެއެވެ.
އެ ހޮސްޕިޓަލު ރަސްމީކޮށް ހުޅުވާނީ ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ކޮޕް 29 ސަމިޓަށް އަޒަރުބައިޖާނަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމުން ކަމަށް އެނގިފައިވެއެވެ.
އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތަށް މިހާރުވެސް ދަރުމަވަންތަ ހޮސްޕިޓަލުގައި ދެމުން އަންނައިރު، އެންމެ ޒަމާނީ ފެންވަރުގެ ހައިބްރިޑް ތިއޭޓަރުގެ ބައެއް ސާމާނުތައް ބަދަލުކުރުމަށްފަހު އެ ތިއޭޓަރު ވެސް ދަރުމަވަންތަ ހޮސްޕިޓަލުގައި މިދިޔަ މަހު ވަނީ ބޭނުންކުރަން ފަށައިފައެވެ.
ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން ދަރުމަވަންތަ ހޮސްޕިޓަލު އިމާރާތް ކުރި ކަމުގައިވިޔަސް އެތަން ބޭނުން ކުރަން ފެށީ އޭގެ ފަހުން ރައީސް އިބްރާހިމް ޞާލިހުގެ ވެރިކަމުގަައެވެ.


