ބޮޑީބިލްޑިންގެ ނަމުގައި ކުރިއަށްގެންދާ ފާހިޝް ނުބައި ހަރަކާތްތަށް ހުއްޓުވުމަށް ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު ސަރުކާރަށް ގޮވާލައިފިއެވެ.
ދުނިޔޭގެ 15 ވަނަ ބޮޑީބިލްޑިންގް އެންޑް ފިޒީގް ސްޕޯޓްސް މުބާރާތް މިއަހަރު ބާއްވާފައިވަނީ އައްޑޫސިޓީގެ ކެނަރީފް ރިސޯޓުގައެވެ.
މި މަހުގެ 5 ން 11 އަށް ކުރިއަށްދާ މި މުބާރާތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން އަންހެން އަދި ފިރިހެން ބޮޑީ ބިލްޑަރުން ބައިވެރިވެފައިވެއެވެ.
މިމުބާރާތުގައި އެމީހުން ލައިގެންތިބި އެއްޗެހިންނާއި ސްޓޭޖުމަތީގައި ދައްކާަފައިވާ ހަރަކާތްތަކަށް މީސްމީޑިއާގައި އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އެގޮތުން މިމުބާރާތާމެދު ކަންބޮޑުވުންފާޅުކޮށް އަލީ ރަމީޒު ވެސް ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ބޮޑީބިލްޑިންގެ ނަމުގައި އައްޑޫ ސިޓީގައި އަންހެނުންނާއި ފިރިހެނުން ބަރަހަނާވެގެން ސްޓޭޖަށް އަރައި، މިވަގުތު ކުރިއަށްގެންދާ ފާހިޝް ނުބައި ހަރަކާތްތަށް އޭނާ ކުށްވެރިކުރާ ކަމަށެވެ.
”އެހަރަކާތްތަށް ހަމަ މިހާރުން މިހާރަށް ހުއްޓުވުމަށް ސަރުކާރަށް ގޮވާލަން. އަދި އެލާދީނީ ހަރަކާތް ރާވައިގެން ކުރިއަށް ގެންދާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ގޮވާލަން“ އަލީ ރަމީޒު ބުންޏެވެ.
މިމުބާރާތާމެދު ކަންބޮޑުވުން ފާޅުކޮށް، މުބާރާތް ހުއްޓުވުމަށް ދީނީ ޢިލްމުވެރިޔާ އަލީ ޒައިދުވެސް ވަނީ މިއަދު ސަރުކާރަށް ގޮވާލައިފައެވެ.




