ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މިރޭ ދަރުބާރުގޭގައި އޮންނާނެއެވެ.
މިރޭގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގައުމާއި މުޚާތަބުކޮށް ވާހަކަ ދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިރޭގެ ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމާއި، ދައުލަތުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ރައީސް އިނާމް ދެއްވާނެއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމުގައި ހުންނެވި ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް މިރޭގެ ޖަލްސާގައި އަރުވާނެއެވެ.
ޖުމްހޫރީދުވަހުގެ މުނާސަބަތުގައި މިރޭ ބާއްވާ ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު 40 ބޭފުޅަކަށް އަދި ދައުލަތުގެ އިނާމު 53 ބޭފުޅަކަށް އެރުވުމަށް ވަނީ ނިންމަވާފައެވެ.



