ފުވައްމުލަކު ސިޓީގައި 4 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ދާދި ދެންމެއަކު ފުލުހުން މިޑިއާ އާއި ހިއްސާ ކުރެއްވި މެސެޖެއްގައި ބުނީ ފުވައްމުލަކުން 4 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލުގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެކުއްޖާ ހޯދުމަށް ފުލުހުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުއްޖާއާއި ގުޅުން ހުރި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.




