ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް މީހަކު ހާޒިރުވުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
އެގޮތުން މިމައްސަލައިގައި ފުލުހަށް ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފައިވަނީ އިސްމާޢީލް ރަޝީދު ޝާވިން، ދާރުލްޤަރާރު / މާލެ (36އ) އެވެ.
އޭނާ ފުލުހަށް ހާޒިރުވާން އަންގައި އިއުލާނު ކޮށްފައިވަނީ އެ މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ޝާވިން ހާޒިރުވާންޖެހެނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް 17 ނޮވެމްބަރު 2024 ގެ ހެނދުނު 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށެވެ.



