ސެކިއުރިޓީ ފީޗާ ހިމެނޭ ޑޮމެއިން ނަންބަރުތައް ވިއްކާ އުސޫލު ޓްރާންސްޕޯޓު މިނިސްޓްރީން އާންމުކޮށްފިއެވެ.
ނީލަމުގެ އުސޫލުން ބޮޑު އަގުގައި ވިއްކަމުން ދިޔަ ޑޮމެއިން ނަންބަރުތައް ވިއްކުން ހުއްޓާލީ ނިމިދިޔަ ސަރުކާރުގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ.
އެގޮތުން ޓްރާންޕޯޓު މިނިސްޓްރީގެ ރިކޯޑުތަކުން ދައްކާ ގޮތުގައި މުޅި ރާއްޖޭގައި 1400 ޑޮމެއިން ނަންބަރު ބޭނުން ކުރަމުން އަންނައިރު އޭގެ ތެރެއިން ސައްޙައީ 50 އިންސައްތައެވެ. ސައްޙަ ނޫން 50 އިންސައްތައިގެ ނަންބަރުތައް ނޫނީ ނިޒާމުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް މި ސަރުކާރުން ފެށިއެވެ. އަދި އެ މަސައްކަތުގެ ތެރެއިން އިއްޔެ ވަނީ އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރާ އުސޫލުތައް އިސްލާހުކޮށް އެއުސޫލު އާންމު ކޮށްފައެވެ.
އެގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން އިސްލާހުކޮށް އާންމު ކޮށްފައިވާ އުސޫލުގެ ދަށުން މިހާރު ދޫކޮށްފައިވާ ޑޮމެއިން ނަމްބަރުތައް އަލުން ރަޖިސްޓްރީކޮށް ފައިސާ ދައްކަން ދެ މަސް ދުވަސް ލިބޭނެ އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން އިސްލާހުކޮށް އާންމުކޮށްފައިވާ އުސޫލުގައި ހިމެނޭ ބައެއް ކަންކަން:
- ރަޖިސްޓްރީ ނުކުރާ ނަމްބަރު ބޭނުން ކުރާ ނަމަ ޖޫރިމަނާ ކުރުން
- ޑޮމެއިން ނަމްބަރަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް
- އުޅަނދު ދުއްވާ މީހާ އަތުގައި ފަސޭހައިން ފެންނަން ގޮތަށް ޑޮމެއިން ބޭނުން ކުރުމުގެ ހުއްދަ އޮންނަން ޖެހޭ



