ރާއްޖެ އެތެރެކުރި ކޮންޓެއިނަރެއްގެ ތެރެއިން 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެތަކެތި އަތުލައިގަނެފައި ވަނީ ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން މާލެ ޕޯޓް ތެރެއިން ކޮންޓެއިނަރެއް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
އެގޮތުން އިއްޔެ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން އެ ކޮންޓެއިނަރު ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެތަކެތީގެ ވަގުތީ ބަރުދަނުގައި 3.280 ކިލޯ ހުރިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ކޮންޓެއިނަރުގެ ތެރެއިން ފުލުހުން އަތުލައިގަނެފައި ވަނީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއް އަދި އެއީ ކޮން ކުންފުންޏަކުން އެތެރެކޮށްފައިވާ ކޮންޓެއިނަރެއްކަން ފުލުހުން ހާމަކޮށްފައިރު މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް މިމައްސަލައާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.




