ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުޙައްމަދު ނާސިހްއާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސް ހިމެނޭހެން ބައެއް މެންބަރުންތަކެއް ވަކިކުރާ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
އެގޮތުން މަޖިލިހަށް ފޮނުވާފައިވަނީ ސީއެސްސީ ރައީސް ނާސިހް މެންބަރުކަމުން ވަކިކުރުމަށާއި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އަދި އެ ކޮމިޝަނުގެ މެންބަރު ތޯހާ މުހައްމަދުގެ އިތުރުން، އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މުހައްމަދު އާސިފް އަދި ޑރ. މުހައްމަދު ޒާހިރު މަގާމުނން ވަކިކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.
މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ތިން ކޮމިޝަނުގެ މެންބަރުން ވެސް އެމަގާމުތަކުން ވަކިކުރުމަށް ހުށަހަޚާފައިވަނީ އެ މެންބަރުން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށާއި، މަގާމުގައި ހުރެ ގަވާއިދާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށެވެ.
މިނިވަން މުއައްސަސާތަކުގެ ތެރެއިން އޭސީސީއާއި އީސީގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭގޮތަށް ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފައެވެ. މަޖިލީހަށް ހުށަހެޅި ދެ ބިލު ބަލައިގަނެ، އެ ބިލުގެ މަސައްކަތް އޮތީ ކޮމިޓީ މަރުހަލާގައެވެ.



