އިދިކޮޅު އެމްޑީޕީގެ ފަރާތުން މިރޭ ޚާއްސަ ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
”ފުދިއްޖެ-ފުނޑިއްޖެ“ ގެ ނަމުގައި މިރޭ ބާއްވާ މި ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗުގައި މިރޭ 20:30 ގައެވެ.
މިއީ އެމްޑީޕީގެ ވެރިކަން ނިމި މި ސަރުކާރު ފެށުނު ފަހުން އެމްޑީޕީން ބާއްވާ ފުރަތަމަ ބޮޑު ޖަލްސާއެވެ.
މިޖަލްސާގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އަދި އެމަނިކުފާނާއެކު އެ ސަރުކާރުގެ އެހެން ބައެއް އިސްވެރިން ވެސް މިޖަލްސާގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.
”ފުދިއްޖެ-ފުނޑިއްޖެ“ ޖަލްސާއަށް އެމްޑީޕީ ހަރުގޭގައި ތައްޔާރުވަމުން އަންނަކަން އެޕާޓީން ވަނީ މީގެ އެއްދުވަސް ކުރިން އިއުލާނު ކޮށްފައެވެ.




