ރަސްމީ ހުރިހާ ދުވަހެއްގައި ވެސް އެމްއެމްއޭ އިން އާންމުންނަށް ދޭ ބޭންކިން ހިދުމަތްތައް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.
މީގެ ކުރިން އެޕޮއިންޓްމަންޓް އުސޫލުން ހަފްތާގެ އަންގާރަ އަދި ބުރާސްފަތި ދުވަހުގައި އެމްއެމްއޭ އިން އާންމުންނަށް ދެމުންގޮސްފައިވާ ބޭންކިން ޚިދުމަތްތައް މިއަދުން ފެށިގެން އެ އޮތޯރިޓީ ހުޅުވާފައި ހުންނަ ކޮންމެ ދުވަހެއްގައި ވެސް ދޭ ގޮތަށް ހަމަޖައްސައިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި ބޭންކިން ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ކިއު ތަރުތީބުންނެވެ. މީގެއިތުރުން ވަކިވަކި ޚިދުމަތްތައް ލިބިގެންދާނެ ގަޑިތައް ވެސް އެމްއެމްއޭއިން ވަނީ އާއްމުކޮށްފައެވެ.
- ކުދި ރުފިޔާ ދޫކުރުމާއި ވަކި ލާރި ދޫކޮށް އަދި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރު 11 އަށް.
- ހަލާކުވެފައިވާ ނޫޓަށް ބަދަލު ދިނުން: ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް.
- އެހެނިހެން ޚިދުމަތްތައް: ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް.
އެމްއެމްއޭ އިން މައުލޫމާތުދީފައިވާ ގޮތުގައި މި ބަދަލު ގެނެސްފައިވަނީ އާންމު ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތް ދިނުމަށެވެ.




