ވައްކަމުގެ މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ޖީބުން 7 ސައިކަލު ތަޅުދަނޑި ފުލުހުން ހޯދައިފިއެވެ.
މިމައްސަލައިގައި ހައްޔަރު ކުރީ މާލެއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ނަމަވެސް އޭނާ ހައްޔަރު ކުރީ ވައްކަމުގެ ކޮން މައްސަލައެއްގައިކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
އެމީހާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.
އެމީހާ ހައްޔަރުކުރިއިރު އޭނާ ލައިގެން ހުރި ފަޓުލޫނު ޖީބުން 7 ސައިކަލު ތަޅުދަނޑި ފެނިފައިވާކަން އެނގިފައިވެއެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހާ އެކުށް ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި ފޮޓޯ އަދި ރިޕޯޓު ހުށަހަޅާފައިވާ ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ.




