ވަގުފް މަޝްރޫޢުގެ ދަށުން ހދ. ނެއްލައިދޫގައި ވަގުފްގެ އިމާރާތެއް އެޅުމުގެ އެއްބަސްވުމެއްގައި އިސްލާމިކް މިނިސްޓްރީއާއި ނެއްލައިދޫ ކައުންސިލާ ދެމެދު ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުއެވެ. އަދި ނެއްލައިދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލުގެ ރައީސް މުޙައްމަދު އަލީފްއެވެ.
އިސްލާމިކް މިނިސްޓްރީގެ އިސްނެގުމާއެކު ކުރިއަށްގެންދާ ވަގުފް މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެެސްޓޯގައި ހިމެނޭ ކަމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޝަހީމް ވިދާޅުވީ ވަގުފް މަޝްރޫޢުތައް އިތުރުކޮށް އޭގެ ނަފާ ކަނޑައެޅޭ ދާއިރާތަކަށް ފުޅާކުރުމަކީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށާއި ނެއްލައިދޫ ކައުންސިލާއެކު އެއްބަސްވެެވިފައިވާ ގޮތަށް އެރަށުގައި ވަގުފްގެ މަޝްރޫޢުއެއް ކުރިއަށް ގެންގޮސް އޭގެ ނަފާ ދީނީ ކަންކަމަށް ލިބިގެންދާނެ ކަމަށެވެ.



