ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފިއެވެ.
ރައީސް އޮފީހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ.
އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސްގެ ވައުދުފުޅަކަށްވާއިރު، ރައީސް ފައްޓަވާދެއްވި މިމަޝްރޫއު އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނިޔަލަށެވެ.
މިއަހަރުގެ ތެރޭގައި ރާއްޖޭގެ 6 ތަނެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން،
މިއަހަރު ޕާސްޕޯޓްގެ ޚިދުމަތް ފަށާ ތަންތަނުގެ ތެރޭގައި،
- ހުޅުމާލެ ފޭސް 1
- ހުޅުމާލެ ފޭސް 2
- ދ. ކުޑަހުވަދޫ
- ލ. ފޮނަދޫ
މިއަހަރު އައިޑީކާޑުގެ ޚިދުމަތް ފަށާ ތަންތަން
- ހުޅުމާލެ ފޭސް 1
- ހުޅުމާލެ ފޭސް 2
- ވިލިމާލެ
- ކުޅުދުއްފުށި ސިޓީ
އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތާއި އައިޑީކާޑު ޕްރިންޓް ކުރުމާއި ދޫކުރުމުގެ ޚިދުމަތް ފަށާނެ ރަށްރަށުގެ މަގުޗާޓުވެސް ވަނީ ހާމަކޮށްފައެވެ.
މަގު ޗާޓު އެކުލަވާލާފައިވާ ގޮތް:
- ހއ.އިހަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025ގައި
- ހއ.އިހަވަންދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މޭ 2025ގައި
- ހދ. މަކުނުދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ސެޕްޓެމްބަރު 2025ގައި
- ހދ. މަކުނުދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ފެބްރުއަރީ 2025ގައި
- ށ. ފުނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޑިސެމްބަރު 2024ގައި
- ށ. ފުނަދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ޖޫން 2025ގައި
- ށ. މިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޖުލައި 2025ގައި
- ނ. ވެލިދޫގައި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ޖުލައި 2025ގައި
- ރ. އުނގޫފާރު، އަލިފުށީގައި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މެއި 2025ގައި
- ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޑިސެމްބަރު 2024ގައި
- ބ. ދަރަވަންދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025ގައި
- ޅ. ނައިފަރުގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޭޕްރިލް 2025ގައި
- ޅ. ނައިފަރުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ސެޕްޓެމްބަރު 2025ގައި
- ކ. ގުރައިދޫ، ތުލުސްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮކްޓޯބަރު 2025ގައި
- ކ. ގުރައިދޫ، ތުލުސްދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ނޮވެމްބަރު 2025ގައި
- އއ. ރަސްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ސެޕްޓެމްބަރު 2025ގައި
- އއ. ރަސްދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޮކްޓޯބަރު 2025ގައި
- އދ. މަހިބަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ މާރޗް 2025ގައި
- އދ. މަހިބަދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025ގައި
- ވ. ފެލިދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޑިސެމްބަރު 2025ގައި
- ވ. ފެލިދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ނޮވެމްބަރު 2025ގައި
- މ. މުލީގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025ގައި
- މ. މުލީގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޮކްޓޯބަރު 2025ގައި
- ފ. ނިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޖޫން 2025ގައި
- ފ. ނިލަންދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ސެޕްޓެމްބަރު 2025ގައި
- ތ. ވޭމަންޑޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ފެބްރުއަރީ 2025ގައި
- ތ. ވޭމަންޑޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ޖުލައި 2025ގައި
- ލ. އަތޮޅުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ޖޫން 2025ގައި
- ގއ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޖަނަވަރީ 2025ގައި
- ގދ. ތިނަދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މާރޗް 2025ގައި
- ގދ. ގައްދޫގައި ޕާސްޕޯޓްގެ ޚިދުމަތް ފަށާނީ ޖޫން 2025ގައި
- ޏ. އަތޮޅުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޭޕްރިލް 2025ގައި
- އައްޑޫސިޓީގެ މަރަދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޭޕްރިލް 2025ގައި
މިހިދުމަތް ފުޅާ ކުރުމުގެ ގޮތުން މިއަހަރުގެ ޖުލައި މަހު އިފްތިތާހު ކޮށްފައިވާ ެ. ނާރެސް ޕޯޓަލް މެދުވެރިކޮށް އައިޑީކާޑްގެ ސްޓޭޓަސް ބެލުމާއި މާލެއެކޭ އެއްފަދައިން އައިޑީ ކާޑް ދޫކުރުމާއި، އެޕްލިކޭޝަންތައް ބަލައިގަތުމަށް ޚިދުމަތް ކައުންސިލްތަކަށް ލިބިގެންދެއެވެ.



