އިންޑަސްޓްރީ ޗެމްޕިއަން 2024 ގެ މަގާމު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާސިލު ކޮށްފިއެވެ.
ސްޓެލްކޯއަކީ ޒަމާނުއްސުރެ ރާއްޖޭގެ އެކިކަންކޮޅުތަކަށް ކަރަންޓާއި އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ހިދުމަތް ހޯދާދެމުންގެންދާ ކުންފުންޏެކެވެ.
ފާއިތުވީ އަހަރުތަކުގެ ތެރޭގައި ސްޓެލްކޯއިން ވަނީ ކުރީގެ ޕަވަރ ސަޕްލަޔަރަކުން މަލްޓިފެސެޓެޑް އެނަރޖީ ލީޑަރަކަށް އެ ކުންފުނީގެ ހިދުމަތްތަށް ބަދަލުކޮށްފައެވެ.
އެގޮތުން އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭނެ ގޮތްތަށް ހޯދުމާއި ތިމާވެއްޓާ ރަށްޓެހި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސްޓެލްކޯ އިން ވަނީ މިއަހަރު ޚާއްސަ ސަމާލުކަމެއް ދީފައެވެ.
ރާއްޖޭގައި އެންމެ ބޮޑު ޕަވަރ ގްރިޑް ނެޓްވޯކެއް އޮންނަ ކުންފުންޏަކީ ސްޓެލްކޯ އެވެ. އެ ކުންފުނިން މިހާރު މާލެ ސަރަހައްދާއި އަތޮޅުތައް ވެސް ހިމެނޭހެން 60،000 ކަސްޓަމަރުންނަށް ހިދުމަތް ދެއެވެ. އެ ކުންފުނީގައި މިހާރު 1،500 އަށްވުރެ ގިނަ މުވައްޒަފުން ތިބިއިރު، ރާއްޖޭގައި މަސައްކަތް ކުރާ އެންމެ ގިނަ އިންޖިނިއަރުން ވެސް ތިބީ ސްޓެލްކޯ ގައެވެ. އެތަޖުރިބާކާރުންގެ ބުރަ މަސައްކަތާއެކު ކަސްޓަމަރުންނަށް އެއްވެސް މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ފަސޭހައިން ލިބެއެވެ.
ސްޓެލްކޯއިން މި ސަރުކާރުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވަނީ އިޔާދަކުރަނިވި ހަކަތަ ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ސްޓެލްކޯ ވެފައިވަނީ ރާއްޖޭގައި މި ހިދުމަތްދޭ އެންމެ ބޮޑު ކުންފުނި ކަމަށެވެ.



