އަންނަ އަހަރުގެ ރޯދަ މަހު ރާއްޖޭގެ ކޮންމެ ގެއަކަށް ސަރުކާރުން މަސްދަޅު ކޭހެއް ދޭން ނިންމައިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މި ސަރުކާރަށް އަހަރެއް ފުރުމުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގެ ހޯލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ހުސްވި އަހަރުގެ ރޯދަ މަހު ރާއްޖޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދިނީ ކާޑުގެ ބާވަތްތައް ކަމަށެވެ.
އެހެންނަމަވެސް އަންނަ އަހަރުގެ ރޯދަ މަހު ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް ހިލޭ މަސް ކޭހެއް ދިނުމަށް މިފްކޯއަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.



