މާލޭގައި އިމާރާތް ކުރަން ނިންމާފައިވާ ދެވަނަ ވަގްފު އިމާރާތް ”ދާރުލް އަރުޤަމް“ ގެ ޑިޒައިނިން މަސައްކަތް ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިމަސައްކަތް އީޕޮކް އެސޯސިއޭޓްސް އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ މިވަގްފު އިމާރާތުގެ ކުރެހުން ވީހާ ވެސް އަވަހަކަށް ނިންމައި އަންނަ އަހަރުގެ ކުރީކޮޅު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށާއި މިއީ މިނިސްޓްރީން ކުރިއަށް ގެންދަން ނިންމާފައި އޮތް އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ”ދާރުލް އަރުޤަމް“ އިމާރާތުގެ ޑިޒައިން މަސައްކަތް ފެށުމަށް ބަޔަކާއި ހަވާލުކޮށް އެއްބަސްވުމެއް ހަދާފައިވާއިރު، އެމިނިސްޓްރީން ވަނީ ”ދާރުއްސަލާމް“ ގެ ނަމުގައި ވަގްފު އިމާރާތެއް އަޅަން ނިންމާފައެވެ.
ރާއްޖޭގައި މިވަގުތު އެންމެ ވަގްފް އެންމެ އިމާރާތެއް ހުރިއިރު، އެއީ ޝަހީމްގެ މިނިސްޓަރުކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިލަމުގައި ބިނާކުރި ”ދާރުލް އީމާން“ އެވެ.




